މި ފެށުނީ ތާރީޚީ އަހަރެއް. މިއީ ރާއްޖެ އިސްލާމްވިތާ 900 އަހަރުފުރުމުގެ މުނާސަބާ އަޅުގަނޑުމެންނާ ބައްދަލުކުރާނެ ޚާއްޞަ އަހަރު.
އިސްލާމްކަމުގެ ނިޢުމަތުގައި ދިވެހި ޤައުމު އެތައް ސަތޭކަ އަހަރަކަށް ލެހެއްޓެވީތީ ގަދަކީރިތިވަންތަ މާތްﷲގެ ޙަޟްރަތަށް ޙަމްދުކުރަމުން، ދިވެހި ޤައުމަށް ނަޞްރާއި ކާމިޔާބީއާައި ހަމަޖެހުމަށް އެދެން. ދިވެހި ކޮންމެ ރައްޔިތަކަށްމެ މި އަހަރަކީ ބަރަކާތާއި ރަޙްމަތުން ފުރިގެންވާ އަހަރަކަށް ވުން އެދި ދުޢާކުރަން.