ދިވެހި ރައްޔިތުންނަށް ހިލޭ ވޯލްޑްކަޕް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ސަރުކާރުން ޕީއެސްއެމް މެދުވެރިކޮށް ކުރިއަށްގެންދާ މަސައްކަތުގައި ބައިވެރިވުމަށް، މިކުންފުނިން މިއަދު ވަނީ ޕީއެސްއެމްއާއެކު ޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައި. މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަކީބް. ރައްޔިތުންނަށް ފައިދާއާއި ލާބަހުރި މިފަދަ އިޖުތިމާއީ ކަންކަމުގައި ބައިވެރިވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް.