ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް. މިއަދު ޝަމްއާން ޖަލަށް ހުކުމް އެ ކުރީ އެ ވަހާކަތަކުގެ ހަގީގަތް ހާމަކޮށްދިނުމުން. ކޯޓާގެ.ވަގު ވިޔަފާރި އެމްޑީޕީގެ ސަރުކާރުގައި ހުއްޓުވުމުން އެކަން އަލުން ފެށީ މި ސަރުކާރުން. އެކަމަށް މަގުފަހި ކުރުމަށް ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް މި ސަރުކާރުން ވަނީ ވިއްކާލާފައި. އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް.
ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާރމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރ އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް 16 ޖެނުއަރީ 2025 ގައި ގެނައިން. ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫ އެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސް އަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅިން. ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން."